ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަދަބީ މުބާރާތް ފަށައިފިއެވެެ. މިއީ ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި އަހަރު ބާއްވާ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތް ކަމުގައި ދިވެހި ބަހުގެ އެކެޑެމީން ބުނެފައިވެއެވެ.
އެ އެކެޑެމީން ބުނީ އަދަބީ މުބާރާތުގެ މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް އެއް ވަގުތެއްގައި ފަށާފައިވާ ކަމަށެވެ.
އެގޮތުން މި އަބަދީ މުބާރާތް ކުރިއަށްގެންދާ ގަޑިތަކަކީ:
* މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތް: 10:30 – 08:00
* ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތް: 14:30 – 12:00
* ޅެންހެދުމުގެ 28 ވަނަ ޤައުމީ މުބާރާތް: 18:30 – 16:30
މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ރަށްތަކަކުން ބައިވެރިވެފައިވާ ކަމަށް ދިވެހި ބަހުގެ އެކެޑެމީން ބުނެފައިވެއެވެ.



