މިމަހުގެ 25 ވަނަ ދުވަހު ހެނދުނު ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ ”އެލްސީ 308“ ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި، ކަނޑަށް ގެއްލިފައިވާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނޭ ކަމަަށާއި ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަަށްދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
ބަންޑުން ޖަހާލި ލޭންޑިންގް ކްރާފްޓުގައި މުޅިއަކު ހަ މީހުން ދަތުރު ކުރިއެވެ. އެއީ ތިން ސިފައިންނާއި ތިން ބިދޭސީންނެވެ.
އެ ހާދިސާ ހިނގި ވަގުތު ދެ ބިދޭސީންނާއި ދެ ދިވެހިން ސަލާމަތްކޮށް އެމީހުންނަަށް ވަނީ ޅ. އަތޮޅު ހޮސްޕޮިޓަލުގައި ފަރުވާ ދީފައެވެ. އެވަގުތު އެ ހާދިސާގައި ގެއްލިފައިވަ ީސިފައިންގެ ވޮރަންޓް އޮފިސަރ 2، އަލީ ހާމިދު އާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.
އަލީ ހާމިދުގެ ހަށިގަނޑު ފަހުން ފެނިފައިވީނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައެވެ.
ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެއެވެ.
ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަދިވެސް ކުރަމުންދާ ކަމަށާއި މިހާތަނަށް ސަރފަސް ސަރޗުން 1035 ސްކްއަރ ނޯޓިކަލް މޭލު އަދި އޭރިއަލް ސަރޗުން 1496 ސްކްއަރ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ވިދާޅުވިއެވެ.



