މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ތަމްރީނުތަކެއް ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މި ތަމްރީނުތައް ކުރިއަށްދާނީ މިއަދާއި މާދަމާ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.
އަދި މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ނަމަވެސް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުން ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ހުޅުމާލޭގައި ފަށާފައިވާއިރު އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް އދ. މާމިގިލީގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމާފައެވެ.



