މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ.
މި ޕްރޮގްރާމްގައި އެމްއޭސީއެލް ބައިވެރިވުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ތޯރިގް އިބްރާހީމް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްއޭސީއެލުން ވަނީ މިއަހަރުތެރޭ 100،000 ގަސް އިންދުމަށް އަމާޒު ހިފައިފަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ ރީތިކަން އިތުރުކުރުމާއި، ވައިގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ތިމާވެށީގެ ހަމަހަމަކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ ގައުމީ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޙަރަކާތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.



