ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ މިންތު މިއާ، ބަންގްލަދޭޝް (38އ)، ޕާސްޕޯޓް ނަންބަރ: A15294526 އެވެ.
ފުލުހުން މިއަދު ބުނީ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މިމީހާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން ވަނަވަރު ހާމަކޮށް ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ކުރަނީ ތުހުމަތުކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާއަށް މާފަންނު ޕޮލިސް ސްޓޭޝަނަށް، 2025 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.



