އިންޑިއާގެ ހުޅަނގުގައި ބްރިޖެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވެއްޓިފައި ވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ގަމްބީރާ ބްރިޖް އެވެ.
އެ ބްރިޖް ވެއްޓުނުވަގުތު އޭގެ މަތިން ދަތުރުކުރި ވެހިކަލެއް ކޯރަކަށް ވެއްޓި ނުވަ މީހަކު ވަނީ މަރުވެފައެވެ.
އަދި 6 ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން ޒަހަމްވި މީހުނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ވެހިކަލްތަކުގެ ޓްރެފިކަށް ވަނީ ވަރަށް ބާރު ބޮޑުވެފައެވެ.



