ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ މއ. ބްލާޝަންގެ / މާލެ، ޢަބްދުﷲ ޙުޝާމް (42އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެއީ ބަންދުގައި ބަހައްޓައިގެން 2025 ޖުލައި 13 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޢަބްދުﷲ ޙުޝާމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



