އިއްޔެ ގދ. ގައްދޫ އިން ފުރައިގެން ޑިންގީއެއްގައި އެ އަތޮޅު ގަމަށް އެކަނި ދިޔަ ގދ. ގައްދޫ، ކޯޒީ ރައުންޑް، ޒަކަރިއްޔާ މުހައްމަދު (79އ) އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުން ދަނިކޮށް ޖުލައި 10ވަނަ ދުވަހު ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ޒަކަރިއްޔާ މުހައްމަދު ގެއްލިފައި ވަނީ އިއްޔެ 10:30 އެހާއިރު، ގަމުން ގައްދޫއަށް ދިއުމަށް ފުރިފަހުން ކަމަށެވެ.
އަދި އޭރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައި ވަނީ ގަން ކައިރީން ކަމަށެވެ.
ޒަކަރިއްޔާ ހޯދުމަށް ފުލުހުންނާއި ސިފައިން އަދި އާންމުރައްޔިތުން މަސައްކަތްކުރަމުން އަންނައިރު ކަނޑުމަގުގެ އިތުރުން ގަމާއި ކައިރި ފަޅު ރަށްތައްވެސް ދަނީ ބަަލަމުންނެވެ.
ގައްދޫ ކައިރީގައި އޮންނަ ގދ. ގަމަށް ޒަކަރިއްޔާ ދިޔައީ އިއްޔެ ހެނދުނުއެވެ. ގައްދޫއާއި ގަމާއި ދޭތެރޭގައި ކަނޑުއޮޅިއެއް އޮންނައިރު، ދަނޑުވެރިކަމަށް ގައްދޫ މީހުން ބޭނުން ކުރަމުން އަންނަ އެ ރަށަށް ވަރަށް ގިނަމީހުން ދެއެވެ.



