އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ދެންމެ ބުނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ 3 ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.
އަދި އެ 3 ފުލުހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ރޭ 18:48 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ. އަލިފާން ކޮންޓްރޯލުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެފައި ވަނީ އެ ގުދަނުގައި ލަކުޑި ފަދަ ތަކެތި ހުރުމުން ކަމަށް އަލިފާން ނިއްވުމުގައި ހަަރަކާތްތެރިވި އޮފިޝަލުން ބުނެފައިވެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.



