މި މަހު ފާހަގަކުރަން ހަމަޖެހިފައިވާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކޮށްފިއެވެ.
މިކަންހާމަކޮށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ ގޮތުން، އެ ސަރަޙައްދު މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އިއްޔެއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން އާންމުއްނަށް ބަންދުކުރެވިފައިވާ ވާހަކަ އެ މިނިސްޓްރީން ވަނީ އާންމުކޮށް އަންގާފައެވެ.



