ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ފޯރަމް ”އަހާ ފޯރަމް“ މިރޭ އޮންނާނެއެވެ.
މި ފޯރަމް ކުރިއަށްދާނީ މިރޭ 21:00 ގައެވެ.
މިރޭގެ ފޯރަމްގައި 4 މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ މިނިސްޓަރުން:
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު
ޔޫތު މިނިސްޓަރު އިބްރާހިމް ވަޙީދު
މި ފޯރަމް ކުރިއަށް ގެންދާނީ ދެ ގަޑިއިރަށެވެ. މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމެކެވެ.
މި ފޯރަމުގައި ބައިވެރިވެ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.



