އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިރޭ 7:00 އެހާކަންހާއިރު ކަމަށެވެ.
އެގޮތުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދަނިކޮށް އެކުއްޖާ މާމިގިލީ ބޭރު މޫދުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ކުއްޖާ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ފުލުހުން ބުނެފައި ވެއެވެ.



