އަންނަ މަހުން ފެށިގެން މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިންނަށް ޕޯޓަލެއް މެދުވެރިކޮށް އެޕްލައިކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަންހާމަކުރައްވާފައި ވަނީ މިރޭ ކުރިއަށްދިޔަ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ކުރެެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ފަންނުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް ބޭނުންވާ އުސޫލުތައް މިހާރު އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިން އެކަމަށް ޕޯޓަލެއް މެދުވެރިކޮށް އެކަމަށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕޯޓަލެއް ހަދައި އެ ޓެސްޓު ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އެ ޕޯޓަލް ތައްޔާރުކޮށް އަންނަ މަހު ފަންނުވެރިނަށް ދޭން ނިންމާފައިވާ މާލީ އެހީތެރިކަން ދޭން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.



