ޒަމާނީ ފެންވަރަށް ޔޫތު ސެންޓަރުތައް ތަރައްގީ ކުރެވުމުން ރަށްރަށުގެ ޔޫތު ސެންޓަރުތަކުން ދާއިމީ ވަޒީފާތައްް ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިބްރާހިމް ވަހީދު މިހެން ވިދާޅުވީ މިރޭ ކުރިއަށް ދިޔަ ”އަހާ ފޯރަމް“ގައި އާންމު ރައްޔިތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ގާއިމު ކުރާ ޔޫތު ސެންޓަރުތައް ހުންނާނީ ޒުވާނުން އެދޭ ފެންވަރަށް ކަމަށެވެ.
ރަނގަޅު ފެސިލިޓީސްތަކާ އެކު އަލުން ޔޫތު ސެންޓަރުތައް ތަރައްޤީ ކުރެވިގެންދާއިރު ވަޒީފާގެ ގިނަ ފުރުސަތުތައް އެތަންތަނުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަށު ފެންވަރުގައި ހަމަ ރަނގަޅު ވަޒީފާތައް ޔޫތު ސެންޓަރުތަކުން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މިރޭގެ ފޯރަމްގައި ވާހަަކަދައްކަވަމުން މިނިސްޓަރު ވަނީ އަންނަ މަހުން ފެށިގެން މާލީ އެހީތެރިކަން ބޭނުންވާ ފަންނުވެރިންނަށް ޕޯޓަލެއް މެދުވެރިކޮށް އެޕްލައިކޮށްގެން މާލީ އެހީތެރިކަމަށް އެދެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.



