ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ ގޮތުގައި އިދުރީސް ފައުޒީ/ ފަހިވާގެ، ލ. ކަލައިދޫ އައްޔަނު ކުރަން ފާސްކޮށްފިއެވެ.
އިދުރީސް ފައުޒީއަށް ރުހުން ދީފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 64 މެންބަރުންގެ ވޯޓުންނެވެ.
ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
އެ 8 ބޭފުޅުންގެ ތެރެއިން، ޖުޑިޝަރީ ކޮމެޓީން އެ ނަންތައް ދިރާސާކޮށް، ކުރިއަށް ގެންދިޔަ އިންޓަވިއުއިން އެންމެ މަތީން މާކްސް ލިބިވަޑައިގެންފައި ވަނީ އިދުރީސް ފައުޒީއަށެވެ. އަދި އެއީ %81 މާކުހެވެ.



