ދެ މީހުނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ދެންމެ ބުނީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އަދި އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް ފެނިފައި ވަނީ މިއަދު 11:04 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ޑިންގީގައި ދަތުރުކުރި 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން ޑިންގީ މަތީގައި ސަލާމަތުން ތިބިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.




