އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެެރިންގެ އަދަދު 1.2 މިލިއަނަށް އަފައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %9.6 އިތުރު އަދަދެކެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1،202،262 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،097،160 ފަތުރުވެރިންނެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،883 ފަތުރުވެރިން ޒިޔާރަތް ކުރާކަމަށް ވެސް ރިޕޯޓުން ހާމަވެއެވެ. ނަމަވެސް ފާއިތުވީ ދެ މަހު އެ އަދަދު ހުރީ 4،000 ގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ އިންނެވެ.
ްެއެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 3 ޤައުމު:
° ޗައިނާ – 165،134 ފަތުރުވެރިން
° ރަޝިއާ – 140،298 ފަތުރުވެރިން
° އިނގިރޭސިވިލާތް – 115،133 ފަތުރުވެރިން
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަ ކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން %72.8 އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ %22.2 އެވެ. އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ %2.7 ފަތުރުވެރިންނެވެ.




