ނަފްސާނީ ސިއްޙަތުގެ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން އެ ޚިދުމަތްތައް ދިނުމަށްޓަކައި ވަގުތީ ނަމްބަރެއް ތަޢާރަފްކޮށްފިއެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ހެލްޕްލައިން އެއްގޮތުގައި ތައާރަފްކޮށްފައި ވަނީ 1677 އެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މި ވަގުތު ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެގޮތުން ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަމްބަރަށް ގުޅޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ހެލްޕްލައިނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ނަމްބަރުގެ ޚިދުމަތް އަލުން އިއާދަކުރެވުނުހާ އަވަހަކަށް އެކަން އަންގާނެ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނެފައި ވެއެވެ.
ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު ބޭނުމަކީ ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ ފަރާތްތަކަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ފޯރުކޮށްދިނުމެވެ.




