މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންއިން ކުރި ޕޯސްޓެއްގައި ބުނީ އެ އެއާލައިނުން މިއަދު ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް ފަށާފައިވާ ކަމަށެވެ.
އެގޮތުން ސައުދީ އަރަބިޔާގެ ޖިއްދާއަށް އެ އެއާލައިނުގެ ފުރަތަަމަ އުމްރާ ދަތުރުތައް ފަށާފައި ވާއިރު، މި ދަތުރުތަކުގައި އުމްރާއަށް ދާނީ ހައްޖު ކޯޕަރޭޝަނާއި ދަ ޓްރެވެލަރ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުން ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
”މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި 750 މީހުން އުމްރާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި“ މޯލްޑިވިއަނުން ބުނެފައި ވެއެވެ.
މޯލްޑިވިއަން އިން ދެން އުމްރާއަށް މީހުން ގޮވައިގެން ކުރާ ދަތުރު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
މޯލްޑިވިއަން އިން ކުރާ ޢުމްރާ ދަތުރުތަކުގައި ބޭނުން ކުރަނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ.




