ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ދެ ޤައުމުގެ ޒަމާންވީ، އުޚުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގުވަޒަންކުރައްވަނީ އިޚުލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




