ނ. ޅޮހީގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޅޯހީގައި އަލަށް އިމާރާތްކުރާ ފިޓްނަސް މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިމިވަނީ މިދިޔަ އާދީއްތަ ދުވަހު ނ. އަތޮޅަށް ރައީސް މުޢިއްޒު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ އަތޮޅުގެ 13 ރަށަކަށް ރައީސް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލައްވާނީ މިއަދުއެވެ.



