މާލެ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވަލެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ބީޗް ވޮލީ ކުޅޭ ސަރަހައްދުގެ ފަހަތުގައިވާ ހުސް ބިމުގައި ކާނިވަލެއް ތަރައްޤީކޮށް ސެލްފް ފައިނޭންސް އުޞޫލުން ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް މާލެ ސިޓީ ކައުންސިލަށް ހާޒިރުވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން އަގު ހުށަހެޅުމަށް އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެ އިދާރާއަށް ހާޒިރުވުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.



