ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ގަޑި ބަދަލުކޮށްފިއެވެ.
އެމްއެންޑީއެފް އިން ކުރިން ބުނެފައިވާ ގޮތުގައި، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ނަމަވެސް ދާދި ދެންމައަކު އެމްއެންޑީއެފްއިން ބުނެފައިވަނީ، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ގަޑި 9:40 އަށް ލަސްކުރެވިފަައިވާ ކަމަށެވެ.
މީގެއިތުރުން ވީއައިއޭގެ އާ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާ ގޮތުން، ގަޑިއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ވަށައިގެން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ.
އެގޮތުން އެމްއެންޑީއެފް އިން ބުނީ، އެ ރަސްމިއްޔާތުގައި މާލެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދަކުންނާއި އެއާޕޯޓް ކައިރިން ތިން ސަރަހައްދަކުން ހަވާ އަރުވާނެ ކަމަށެވެ.



