އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ދެ ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ރޭ މީޑިއާތަކައް ފޮނުވި މެސެޖެއްގައި ބުނީ، ރޭ 20:45 ހާއިރު މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ވަނީ މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާ ދިނުމަށްޓަކައި މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިނގައި ދިޔަ ދޯންޏަކީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން ވެލި ފަދަ ތަކެތި އުފުލާ މަސައްކަތަށް ގެންގުޅޭ ދޯންޏެކެވެ. އަދި އެ ދެ ބިދޭސީންނަކީ އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.
އެ ދެމީހުންވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ އަނދާފައި ކަމަށް މައުލޫމާތު ލިބެއެވެ.




