އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ފިހުނު ދެ މީހުނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކައް ފޮނުވި މެސެޖެއްގައި ބުނީ، ރޭ 20:45 ހާއިރު މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.
އެ ހާދިސާގައި ފިހުނު ދެ މީހުންނަށް ވަނީ މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާ އަށް މާލެއަށް ގެނެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް އައިސީޔޫގައެވެ.
މި ހާދިސާ ހިނގި ދޯންޏަކީ މާޅޮހުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން ވެލި ފަދަ ތަކެތި އުފުލުމަށް ގެންގުޅޭ ދޯންޏެކެވެ. އަދި އެ ދެ ބިދޭސީންނަކީ އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އަދި އެ ދެމީހުން ހަށިގަނޑުގެ ބޮޑު ބައެއް ވަނީ އަނދާފައި ކަމަށް މައުލޫމާތު ލިބެއެވެ.



