ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދި ކަމުގެ ލިޔުން މިއަދު ވަނީ އެމްއޭސީއެލް އަށް ދީފައެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ގިނަސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ދިން ލިޔުމާ ހަވާލުވެވަޑައިގެންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އެވެ.
އެމްއޭސީއެލުން ބުނީ ހަވާ އެރުވުމުގެ އެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދީ އެއްފަހަރާ 19 ސަރަހައްދެއްގައި ސިންކްރޮނައިޒް ވާ ގޮތަށް ހަވާ އެރުވުމުން ކަމަށެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވަން ރޭ ބޭއްވި އެ ރަސްމިއްޔާތުގައި މާލެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދަކުންނާއި އެއާޕޯޓް ކައިރިން ތިން ސަރަހައްދަކުން ވަނީ ހަވާ އަރުވާފައެވެ.



