އދ. އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި މީހަކު އަމިއްލަ ގޭގައި ރޯކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް، ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، ތަކެއްޗަށް ވެސް ގެއްލުން ދިނުމުގެ އިތުރުން އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި ރޯކޮށްލާފައިވާ މައްސަލައެއް ރޭ 9:27 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯކޮށްލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ނަމަވެސް ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރިކަމަށް ބަލަވޭ އެ ރަށު ސްޓެލާ / އަހްމަދު ނާފިއު (32އ.) ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



