މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 38 ދޯންޏަކަށް 1.1 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން މިއަދު އާންމުކުރި ރިޕޯޓްގައިވާ ގޮތުގައި އެ ކުންފުނިން ވަނީ 38 ދޯންޏަކަށް ޖުމްލަ 1،119،179 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އެގޮތުން މި ފައިސާ ދޫކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކިރުވި މަހަށް މިއަދުގެ ތާރީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.



