ރާއްޖޭގެ ގައުމީ ސަރފިންގ ޓީމު އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރައިފިއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އޮގަސްޓް 3 އިން 12 އަށް އިންޑިއާގައެވެ.
މި ފަހަރުގެ ގައުމީ ސަރފިންގ ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެއެވެ.
އެގޮތުން އެ ޓީމްގައި ތިން ފިރިހެން އެތުލީޓުންނާއި، ތިން އަންހެން އެތުލީޓުން އަދި ތިން ޖޫނިއަރ އެތުލީޓުން ހިމެނެއެވެ.
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ތައިލެންޑްގެ ފުކެޓްގައެވެ. ދެވަނަ އަދި ތިންވަނަ އަހަރު އެ މުބާރާތް ބޭއްވީ ރާއްޖޭގައެވެ.



