ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަލުންް ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައި ވަނީ ސީއެސްސީގެ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.
އެގޮތުން އެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ، މިއަދުން ފެށިގެން 2025 އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.



