އިންޑިއާގެ ގެއެއްގެ 12 ވަނަ ބުރިން ވެއްޓި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި ހިނގި މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ މަންމަ، އެ ކުއްޖާ ފައިވާނަށް އަރުވަންވެގެން ކަބަޑެއް މަތީ ބޭންދި ވަގުތު، ކައިރީގަ ހުރި ކުޑަދޮރަކުން ވެއްޓިއެވެ.
މުމްބާއީ ޕޮލިހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޖުލައި 22 ވަނަ ދުވަހުގެ ރޭ 8:30 ހާއިރުއެވެ. މަރުވި ކުއްޖާ ކަމަށްވާ އަންވިކާ ޕްރަޖަޕަތި އާއި އޭނާގެ މަންމަ އެވަގުތު ތިބީ އެމީހުން ދިރިއުޅޭ އިމާރާތުގެ 12 ވަނަ ބުރީގައި ހުރި ގާތް ތިމާގެ މީހެއްގެ ގޭގައެވެ.
ޕޮލިހުން ބުނި ގޮތުގައި، އެ ކުއްޖާ އިނީ ޝޫ ރެކު މަތީގައެވެ. މަންމަ އޭނާ ގެންދަން ތައްޔާރު ކުރަމުން ދަނިކޮށް، ބެލެންސް ގެއްލި ކުޑަދޮރުން ވެއްޓުނީއެވެ.
Warning: Disturbing Content ⚠️
A small mistake can lead to a lifetime of grief.
A mother made her 4-year-old daughter sit on a window ledge. The child lost balance and fell from the 12th floor, dying on the spot.Incident: This tragic event took place in Vasai, Maharashtra. pic.twitter.com/3KRg8DvRSr
— Deepika Rajput (@ddssppss) July 25, 2025
މި ހާދިސާއާ ގުޅިގެން އަންވިކާ ވަގުތުން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވުނު ނަމަވެސް، ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނައިގާން ޕޮލިހުން ވަނީ އެކްސިޑެންޓަލް ޑެތް ރިޕޯޓެއް ރަޖިސްޓްރީކޮށް، މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.




