ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1ގެ ނަމުގައި ކުރިއަށްގެންދިޔަ އެންހެންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ގޭންގު ގާނޫނު ތަންފީޒުކުރަން ގާތްވުމާއެކު، ގޭންގު ކްރައިމް އެންފޯސްމަންޓުން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓްރެއިނިން އެއް ކަަމަށެވެ.
މި ޓްރެއިނިންގ ކުރިއަށްގެންގޮސްފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްވޮޓް ޓީމުގެ ފަރާތުންނެވެ.
އެގޮތުން ޖުލައި 5 އިން 25 އަށް މާލެއާއި ދޫނިދޫގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގގައި ބައިވެރިވެފައި ވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ އޮޕަރޭޝަނަލް މަސައްކަތްކުރާ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައި ވެއެވެ.
މި ޓްރެއިނިންގގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސުވިމިންގ ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް، އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް އަދި މި ހުރިހާ ބައިތައް ހިމެނޭހެން ފައިނަލް ސިނޭރިއޯ އެކްސްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.ފު
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.




