ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަން ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.
ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފައި ވަނީ 23.7 މިލިޔަން ރުފިޔާއަށެވެ.
މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން 150 ދުވަހުގެ ތެރޭގައި ނިންމުމަށް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުހައްމަދުއެވެ.
އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ ޣާޒީ ސްކޫލްގައި 1600 އަށް ވުރެ ގިނަ ދަރިވަރުން މި ވަގުތުވެސް އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.



