ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާކަމަށް ޓްރާންސްޕޯަރް މިނިސްޓްރީން ބުނެފިއެވެ.
އާރްޓީއެލް ޚިދުމަތާ ގުޅޭ މައުލޫމާތު ޙިއްސާކުރައްވަމުން ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބޭއްވި ޕްރޮގްރާމެއްގައި ބައިވެރިވެ، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް ވިދާޅުވީ، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށް، ފެރީ ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތުވެސް 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފެރީތައް ބޭނުންކުރުމަށް ހަމަޖެހިފަވަނީ، ބެކަޕް ފެރީތަކެއްގެ ގޮތުގައި ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.
މަސައްކަތް ކުރިއަށްދާކަމަށެވެ. މި މަސައްކަތަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީއެއް ލިބިފަވާކަމަށާއި، މި އެހީގެދަށުން 12 ފެރީއާއި އަދި 1 ޒޯން ފެރީ ޓަރމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށް ޔާސިރް ވިދާޅުވިއެވެ.
”100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ލިބިފަ. އެއީ 12 ފެރީ ބަނުމުގެ މަސައްކަތަށް. އަދި ޒޯން 2ގެ މައި ފެރީ ޓަރމިނަލް، އުނގޫފާރުގެ ފެރީ ހަބް އަޅާނީ މި އެހީގަ. މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން.“ ޑެޕިއުޓީ މިނިސްޓަރ ޔާސިރް ވިދާޅުވިއެވެ.



