ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް ފޮނުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން މިއަދު ބުނީ ނާސާގެ ސްޕޭސް އެކްސް ކްރޫ-11 އާއެކު ޖައްވަށް ފޮނުވާލީ ހދ. ކުޅުދުއްފުށި އަދި ނ. ކެނދިކުޅުދޫގެ ކަނޑޫފާގައި ހެދޭ ގަސްތަކުގެ އޮށް ނަގައިގެން ކަމަށެވެ.
އެމްއެސްއާރް އިން ބުނިގޮތުގައި، އެ އޮށްތައް ނެގީ ޖަޒީރާ ގައުމުގެ ގޮނޑުދޮށުގެ ތިމާވެށީގެ ނިޒާމާއި މޫސުމަށް އަންނަ ބަދަލުތަކާ އޮންނަ ގުޅުން ދައްކުވައިދިނުމަށް ކަމަށެވެ.
އެ އޯގަނައިޒޭޝަނުން ބުނީ އެއީ ޖައްވީ ދަނޑުވެރިކަމުގެ ދިރާސާތަކަށް ރާއްޖެއިން ފޯރުކޮށްދޭ އެހީތެރިކަން އަންގައިދޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ އިތުރުން 10 ޤައުމެއްގައި ހެދޭ ގަސްތަކުން ވަނީ އޮށް ނަގާފައެވެ. އެއީ:
° އާޖެންޓީނާ
° ބްރެޒިލް
° އެމެރިކާ
° ކޮސްޓަރިކާ
° ގުއަޓަމަލަ
° އިންޑިއާ
° ނައިޖީރިއާ
° ޕާކިސްތާނު
° އަރުމޭނިއާ
° މިސްރު



