ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭގެއިތުރުން ހޯމަ އާއި އަންގާރަ އާއި ބުދަ، މި ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭ ވެހި، އަންގާރަ އާއި ބުދަ، މި ދެ ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މެޓް އޮފީހުން ދާދި ދެންމައަކު ވަނީ ހއ. އަތޮޅުން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ.
އެގޮތުން މިއަދު އިރުއޮއްސި 6:00 އިން މިރޭ 00:00 ނެރުނު އެ ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



