ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ހުއްޓާނުލާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ ”ފަހި ޕޯޓަލް“ ގައި ރެޖިސްޓަރވެ، ލިޔުންތައް އަޕްލޯޑު ކުރަމުންދާ ވަރަކަށް އެއްބަސްވުމުގައި ސޮއި ކުރަން ގުޅާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންނަށް އެއްބަސްވުން ދޫކުރަން ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުގައެވެ.
މިހާތަނަށް 230 އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދިނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ހައުސިންގް މިނިސްޓްރީންނެވެ. އެގޮތުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެ މިނިސްޓްރީން ވަނީ 2665 މީހެއްގެ ނަން، އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައެވެ.



