މަސްދޯނިތަކުން އެންދެމުމަށް ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ އިތުރު ބެޗެއް މި އަހަރުތެރޭ ފަށަން ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ ސާދައިގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޙަރަކާތެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި ބެޗް ގައި ގއ.ކޮލަމާފުށި، ގއ.ވިލިނގިލި، ގއ.ނިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.މަޑަވެލި އަދި ސ.މަރަދޫ އިން 56 ޑައިވަރުން ވަނީ ތަމްރީނު ކުރެވިފައެވެ.
މިނިސްޓްރީން ބުނީ މި އަހަރު އިތުރު ޑައިވަރުން ތަމްރީންކުރުމަށް ރޭވިފައިވާ ކަމަށެވެ.
މިއީ މަސްވެރިކަމުގައި ޑައިވްކުރުމަކީ ނުރައްކާތެރި މަސައްކަތެއް ކަމަށްވެފައި، ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަށް ވާތީ ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.




