ކައުންސިލުތަކަށް މާލީ ގޮތުން މިހާރު ދީފައިވާ ބައެއް ބާރުތައް އަތުލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން އިއްޔެ ކަންބޮޑުުން ފާޅުކޮށްފައި ވަނިކޮށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލިހަށް މިއަދު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްެރާހިމް ހުސައިން އެވެ.
އެގޮތުން މިފަދަ ބިލެއް ހުށަހެޅުމުގެ ސަބަބުތައް ކަމުގައި މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވެފައިވަނީ:
° ކައުންސިލްތަކުން ވިޔަފާރި ކުރުމުގައި ހިންގާ ހަރަކާތްތައް ގާނޫނުގައި ކަނޑައެޅުން.
° ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރާ އުސޫލުތައް މުރާޖާކުރުން
° ކައުންސިލްގެ ދައުރުގެ ފަހު އަހަރު ތެރޭގައި މުހިންމު މާލީ ކަންކަން ނިމުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރުން
ކައުންސިލްތަކުގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމަކާ ގުޅޭ ގޮތުން ނިންމުންތައް ނިންމަން ވާނީ، ބިލުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އެއީ:
° ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
° ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން.
° ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން.



