ގދ. ފިޔޯރީގައި ރުކެއް ކަނޑަން އެއްސި ވަލަކުންޖެހި، މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ އަނީދު ސައީދު (38އ.) ނަމަކަށް ކިޔައި މީހަކަކަށެވެ.
އޭނާއަށް އަނިޔާވީ ރުކެއް ކަނޑަން އެއްވި ވާ ކަނޑައިގެންގޮސް އޭނާގެ މޭމަތީގައި ބާރަށް ޖެހުމުންނެވެ. އެކަމުގެ ސަބަބުން އޭނާގެ މޭގެ ބައެއް ކަށިތައް ވަނީ ބިނދިފައެވެ.
އަނީދުއަށް އިތުރު ފަރުވާ ދޭން މާލެ ގެންދަން މިހާރު މަސައްކަތް ކުރަމުންދާ ކަމަަށް ވެސް މައުލޫމާތު ލިބެއެވެ.
އާންމުކޮށް ރުއްކަނޑާއިރު ވަކި ދިމާލަކަށް ރުއް ވައްޓާލުމަށް ރުކުގެ މަތީގައި ވަރަށް ވާންކޮށް ވަލެއް އައްސާނެއެވެ.
އެނގިފައިވާ ގޮތުގައި ފިޔޯރީގައި އެ ރުއްކަނޑަން އުޅުނީ ގްރޫޕެކެވެ. އަދި ރުކުގައި އައްސާފައިވާ ވަލުގައި އެ މީހުން ހިފަހައްޓައިގެން ތިބިއިރު އަނީދު ހުރީ އޭގެ މުގުލުގައެވެ.



