ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ ”ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް ޒަކާތުހައުސްއިން ބުނެފައިވެއެވެ.
އެގޮތުން، އެ މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މައުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކޮށްލެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.gle/xRcrmAgDUL9GwUvcA
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024ވަނަ އަހަރުގައެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް/ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.



