ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ވަގުތު، ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ހުއްޓުނުކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކަށް ބުރުއަރައި އެތަނުގައި ރައްކައުކޮށްފައިހުރި ލޭ ހަލާކުވުމުގެ ކަންބޮޑުވުން އޮތްކަމަށް ބުނެ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކަށް ސީއީއޯ ހަލީމްވަނީ ޖަވާބުދެއްވާފައެވެ. 11 ޖެހުމާއި ގާތްވެފައިވަނިކޮށް ކުރެއްވި ޕޯސްޓުގައި ހަލީމްވަނީ ތެލަސީމިއާ ސެންޓަރުގައި ކަރަންޓު ހުރިކަން ހާމަކުރައްވާފައެވެ.
މިއަދު ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކަށް ބުރުއަރައި އެތަނުގައި ރައްކައުކޮށްފައިހުރި ލޭ ހަލާކުވުމުގެ ކަންބޮޑުވުން އޮތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓެއް ދައުރު ވެފައެވެ.
އެ ޕޯސްޓަށް ޖަވާބު ދެއްވަމުން ސީއީއޯ ހަލީމްވަނީ ތެލަސީމިއާ ސެންޓަރުގައި ކަރަންޓު ހުރިކަން ހާމަކުރައްވާފައެވެ.
އެގޮތުން ހަލީމް ވިދާޅުވީ ކަރަންޓު ކެނޑުމާއިއެކު އެތަނުގައި ގާއިމުކޮށްފައިވާ ބެކަޕް ސިސްޓަމް މެދުވެރިކޮށް ވަގުތުުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ. އަދި ލޭ އެޅުމުގެ ހިދުމަތްތައް މެދުކެނޑިގެންދިޔަކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ ހާލަތެއް މެދުވެރި ނުވާކަމަށްވެސް ސީއީއޯ ހަލީމް ވިދާޅުވިއެވެ.




