ވައިބާ އެކައުންޓުތަކުގެ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން ސްކޭމް ކުރުމުގެ މައްސަލަތައް އިތުރުވަމުންދަަތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެކި ކަހަލަ އުކުޅު ބޭނުންކޮަށްގެން ސްކޭމް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ، ވައިބާ އެކައުންޓުތަކުގެ ވެރިފިކޭޝަން ކޯޑު ހޯދައި، އެކައުންޓަށް ވެރިވެގެން އެ މީހެއްގެ އާއިލާއާއި އެކުވެރިން ސްކޭމް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން އެފަދަ ކަންކަމަށް ރައްކާތެރިވެ ތިބުމަށާއި ވައިބާގެ ވެރިފިކޭޝަން ކޯޑު އެހެން މީހުންނާ ހިއްސާނުކުރުމުގެ އިތުރުން، ވައިބާގެ ”ޓޫ ސްޓެޕް ވެރިފިކޭޝަން“ އޮން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ދަންނަ މީހަކު ކުއްލިއަކަށް ޒާތީ މައުލޫމާތެއް ނުވަތަ ފައިސާ ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީން ކުރުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.



