ޕާކިސްތާނުގެ މިނިންވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޕާކިސްތާނުން މިހާތަނަށް ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން މުސްތަޤުބަލުގައި ބަަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ. މިދުވަސް ފާހަކުރަނީ، އޭރު އިންޑިއާ ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނު ދުވަހެވެ.



