ރާއްޖޭގައި ތެލާއި ލޮޖިސްޓިކްސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރީ ސަފުގައި ހިމެނޭ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން މިއަދު ވަނީ ތެޔޮ ޓޭންކަރު ”އެމްޓީ ހޯކްސް ލިބަރޓީ“ ގަނެ، އެ ކުންފުނީގެ އުޅަނދުފަހަރުގެ އަދަދު އިތުރުކޮށްފައެވެ.
މުޅިއަކު 25،415 މެޓްރިކް ޓަނުގެ ޖާގައިގެ ހޯކްސް ލިބަރޓީ އަކީ ހޯކްސްގެ އުޅަނދުފަހަރުގެ ތެރެއިން އެންމެ ބޮޑު ތެޔޮ ޓޭންކަރުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ގެންގުޅޭ އެންމެ ބޮޑު ތެޔޮ ޓޭންކަރެވެ.
ހޯކްސް ލިބަރޓީ އިތުރުވުމަކީ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް އަދި ރާއްޖޭގެ ތެލުގެ ބޭނުންތައް ފުއްދުމަށް ހޯކްސްއިން ކުރާ މަސައްކަތުގެ ހެއްކެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި އުޅަނދު ގަތުމާއެކު ކުންފުނީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަދި އިތުބާރުހުރި ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގައި ވެސް ބުނެފައިވެއެވެ.
ހޯކްސް ޕްރައިވެޓް ލިމިޓެޑަކީ، ރަނގަޅު ފެންވަރުގެ ތެޔޮ އަދި ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމުގައި 2007ވަނަ އަހަރު އުފެދުނު ކާމިޔާބު ރެކޯޑެއް އޮތް ކުންފުންޏެކެވެ. އެގޮތުން 11 ތެޔޮ ޓޭންކަރެއްގއ އިތުރުން، އެ ކުންފުނިން ގެންގުޅެނީ 15 ބާޖު، 20 ބައުޒަރު، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ 15 ފިއުލް ޝެޑެވެ.
އެމްޓީ ހޯކްސް ލިބަރޓީއަކީ އެ ކުންފުނީގެ އިތުބާރާއި ކަސްޓަމަރުންގެ ހިތްހަމަޖެހުން ދެމެހެއްޓުމަށާއި، ދިވެހި އިޤްތިޞާދުގެ އިތުރުވަމުންދާ ބޭނުންތަކަށް އިތުރަށް ޚިދުމަތް ކުރުމަށާއި، އަޅުގަނޑުމެން ޚިދުމަތް ދެމުންދާ ބައިނަލްއަޤްވާމީ މާރކެޓްތަކުގައި އަޅުގަނޑުމެންގެ ޕްރެސެންސް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ އަގުހުރި ވަސީލަތެއްކަމަށް ހޯކްސްގެ ޓީމަށް ޔަޤީންކުރެވެއެވެ.




