ޓެކްނިކަލް މައްސަލައެއް ދިމާވެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑިއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ދަނިކޮށް ކަރަންޓު ކެނޑުމުގެ ސަބަބުން ވަނީ ޖަލްސާ މެދުކަނޑާލާފައެވެ.
ރިޔާސަތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކަރަންޓަށް ދިމާވީ ކޮން މައްސަލައެއްކަން ދެނެނުގަނެވޭކަމަށެވެ.
ކަރަންޓު ކެނޑުމުގެ ކުރިން މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވިފައިވަނީ 18 ވަރަކަށް މިނެޓަށެވެ. ކަރަންޓު ކެނޑިފައިވަނީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވާހަކަ ދައްކަވަނިކޮށެވެ.
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށް ދަނިކޮށް، އިދާރާއިން ކަރަންޓު ކެނޑުމުގެ ސަބަބުން ބައެއް މެންބަރުން ވަނީ އެކަމާ ޖޯކު ޖަހައި މިއީ ”އަލަށް ދިމާވި ކަމެއް“ ކަމުގައި ވިދާޅުވެ ހިނިފުޅުވަޑުވާފައެވެ.




