އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރ. އަނގޮޅިތީމު ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލްގެ އިސްވެރިންނާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެލައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލަށް އިސްލާމީ ދާއިރާއިން ދިމާވާ ބައެއް ދަތިތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓްރީއާއި އަނގޮޅިތީމު ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަތަކާއި ގުޅޭ ގޮތުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން ދަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށް ކައުންސިލްތަކާއި ބައްދަލުކޮށް މިނިސްޓްރީން ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މަޝްވަރާކޮށް، އެކަންކަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ ޙަފްތާގައި ބ.މާޅޮހުގަައި ވަނީ މިސްކިތެއް ބިނާކޮށްފައެވެ.




