ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، އިތުރު ފަސް ރަށެއްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފަށަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފަސް ރަށަކަށް މަތީ ސާނަވީގެ ފުރުސަތަށް ހުޅުވައިލާނީ އެކަށީގެންވާ އަދަދަކަށް ދަރިވަރުންތަކެއް އެ ރަށެއްގައި ގްރޭޑު 10 ނިންމާ ދަރިވަރުންގެ ތެރޭގައި ތިބެއްޖެނަމަ ކަމަށެވެ.
ދައުލަތުގެ މީޑިއާގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުޙައްމަދު ވިދާޅުވީ މި އަހަރުގެ ސާނަވީ އިމްތިޙާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ކަމަށެވެ.
އެހެންކަމުން އެސްކޫލްތައް ފާހަގަކޮށް ދަރިވަރުން މަތީ ސާނަވީއަށް ރަށުގައި ކިޔަވަން އެދޭ ނަމަ އެރަށްތަކުގައި ތިބެގެން އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން އޭލެވެލް ފުޅާކުރުމުގައި ސަސްޓެއިނަބިލިޓީއަށް ވެސް ބަލަމުން އަދި ރަނގަޅު ނަތީޖާ ހޯދާފައި ތިބި ގިނަ ދަރިވަރުންތަކެއް އެ ރަށެއްގައި މަޑުކޮށްގެން ތިބެގެން މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާކަމުގައިވާ ނަމަ މިހާރު ގެންގުޅޭ ވަކި މިންގަނޑުގެ ތެރެއިން އޭ ލެވެލް ފެށުމުގެ ފުރުސަތު މިއަހަރުގެ ތެރޭގައި އިތުރު ސްކޫލުތަކަށް އެބަދެން.“ އޭނަ ވިދާޅުވިއެވެ.



