ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ދަތުރުކުރި ކާރު ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެމީހާ ދަތުރުކުރި ޓެކްސީ ހޯދާފައިވާ ކަމަށެވެ.
އަދި ކާރު ތެރެއަށް ދޫކޮށްލެވުނު ދަބަހާއި ދަބަސް ތެރޭގައި އޮތް 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން މިތަކެތި ހޯދާފައި މިވަނީ އެތަކެތި ގެއްލިފައިވާ ކަމަށް ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައެވެ.




