އެހެން ހުރިހާ ސަރުކާރަކަށް ވުރެ ގިނައިން ކަނދުފަތި އެޅީ މި ސަރުކާރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ އެންމެ ގިނަ ކަނދުފަތި އެޅީ މި ސަރުކާރުގައި ކަމަށާއި އަދިވެސް އިތުރު ކަނދުފަތި އަޅާނެ ކަމަށެވެ.
”މި ވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައި ވެސް އެބައޮތް. އަދި، މަސް ކަނދުފަތީގެ ވިއުގައެއް ވެސް އެބައޮތް،“ އޭނާ ވިދާޅުވިއެވެ.
އެގޮތުން، މި ސަރުކާރުން މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ސަރުކާރުން އަންނަނީ ދެ ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އަޅަން ވެސް މަސައްކަތްކުރަމުންނެވެ.



